ހެއްކާ ގުޅޭގޮތުން މައުމޫން ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސިއްރު ލިޔުންތަކަކާއި ސިއްރު ހެކިންތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމެވުމުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫން ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފިއެވެ.
ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އަދި އެއްވެސް އިމާމެއްގެ ބަސްފުޅުގައި ސިއްރު ހެކި ބަހުގެ ވާހަކަ ނެތް ކަމަށް ވިދާޅުވެ މައުމޫން ކުރެއްވި ޓްވީޓަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ބައެއް މީހުން ބުނި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުރަތަމަ ސިއްރު ހެކި ބަސް ނަގައިގެން ޝަރީއަތް ހިންގަން ފެށީ މައުމޫންގެ ވެރިކަމުގައި ކަމަށާއި 2013 ގެ ރިޔާސީ އިންތިޚާބު ބާތިލް ކުރީ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ސިއްރު ހެކި ބަހުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި އޭރު ރައީސް މައުމޫން އެކަންކަން ނުހުއްޓުވީ ކިއްވެތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވެއެވެ.
ގިނަ ބައެއްގެ ސުވާލު އަމާޒުވަމުންދަނިކޮށް ރައީސް މައުމޫން ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވާފައެެވެ.ަ3ސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ