ރިޔާސީ އިންތިހާބާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާތީ، އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދީފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، ރިޔާސީ އިންތިހާބު 2018 އާ ގުޅިގެން މއ. ކާމިނީ ހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި، ހުށަހެޅުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. 
Riyasee Inthikhab 2018 aa gulhigen Ma. Kaaminee Hulhan'guge Abdullah Yamin AbdulQayyoom Supreme Court ah hushahelhi dhusthoory massala balai, hushahelhumuge hudhdha dheyn nimmaifi.
ބުދަ ދުވަހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ފަހު، މީޑިއާއަށް މައުލޫމާތު ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ޖުޑީޝަލް ސާރވިސް ކޮމިޝަން ކަނޑައަޅުއްވާފައިވާ މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒެވެ. 
ރޭނީސް ސަލީމު ވިދާޅުވީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުނަށް، ރައީސް ޔާމީންއަށް ސަޕޯޓް ކުރާ ފަރާތްތަކުން ހުށަހަޅާފައިވާތީ އިންތިހާބީ ޝަކުވާގެ ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އެދިފައިވަނީ ކޮންކަމަކަށް ކަމެއް ރޭނީސް ސަލީމް ވިދާޅެއް ނުވެއެވެ. ސަލީމު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ކަމަށެވެ. 
ރޭނީސް ސަލީމަކީ ރައީސް ޔާމީންގެ އަރިސް ޤާނޫނީ ވަކީލެކެވެ. 
ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ރޭނީސް ސަލީމަކީ ރައީސުލްޖުމްހޫރިއްޔާ ފަރާތްޕުޅުން ޖޭއެސްސީގައި އިންނަވާ މެމްބަރެވެ. އެކަމާ ގުޅިގުޅޭގޮތުން "ރާއްޖެއެމްވީ" ސުވާލު ކުރުމުުން ސަލީމް ވިދާޅުވީ އެއީ ޤާނޫނީ އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއް ނޫން ކަމަށެވެ. އޭނާއަށް އެމައްސަލައިގައި ވަކާލާތު ކުރެއްވޭނެ ކަމަށް ވެސް ރޭނީސް ސަލީމު ވިދާޅުވިއެވެ.
އިންތިހާބީ ޝަކުވާގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިރު، އެމަނިކުފާނު ވަނީ ރަސްމީކޮށް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޕާޓީ ކަމަށްވާ ޕީޕީއެމްއިންވެސް ރަސްމީކޮށް، އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކޮށް، އިންތިހާބުގެ ނަތީޖާ ގަބޫލު ކޮށްފައިވެއެވެ. 
ނަމަވެސް ފަހުން ރައީސް ޔާމީން ވެސް އަދި ޕީޕީއެމުން ވެސް ވަނީ އިންތިހާބުގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ