2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު

މިއަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ސްޓެލްކޯ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ، އެކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކުންފުނީގެ ދަރަނި ކަމަށެވެ. އަދި ކުންފުނީގެ ގައިގަނޑަކަށް 81 ޕަސެންޓްއަކީ އެކުންފުނީގެ ލައިބިލިޓީ ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ތަފާތު ވިސްނުމަކުން ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ، ކުންފުނީގެ ދަރަނި ކުޑަ ކުރުމަށްޓަކައި އާމްދަނީ އިތުރު ކުރާނެ ފްލޭންތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ގްރޭޓަރ މާލޭ ނެޓްވޯކު ޕްރޮޖެކްޓާއި އިންޑަސްޓްރިއަލް ވިލޭޖުގައި އިންޖީނުގެއެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި އަތޮޅު ތެރޭގައި ހިދުމަތްދޭ، އިންޖީނުގެ ތައް ރީޑިޒައިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް އިތުރަށް ތަމްރީނުތައް ދެވެންޖެހޭ. މަތީ ތައުލީމުގެ ފުރުސަތުވަނީ ގިނަ މުވައްޒަފުންނަށް ފަހިކޮށްދީފައި. ސްޓެލްކޯގެ ފައިނޭންޝިއަލް ސްޓެބިލިބިޓީއާއިއެކު ކުންފުނީގެ މުސާރައަށް އިތުރު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ ބޯޑާވެސް މަޝްވަރާ ކުރެވިފައި." ޒުހޫރު ވިދާޅުވިއެވެ.
ކުންފުނީގެ ސްޓްރަކްޗަރ އެފިޝިއެންޓް ކުރުމަށްޓަކައި ވެސް މުހިއްމު ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ