ރައްޔިތުން މަޖިލީހުގެ މެންބަރ ކަމަށް ވާދަކުރައްވާ ވަކީލުންގެ ލިސްޓަށް އިތުރު ނަމެއް

މާރިޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ ފޮނަދޫ ދާއިރާއަށް ވާދަކުރަށްވާނެކަން ގާނޫނީ ވަކީލް މޫސާ ސިރާޖު އިއުލާން ކުރައްވައިފިއެވެ.
ސިރާޖު މިކަން އިއުލާން ކުރައްވާ އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވަނީ މިގޮތައް ނިންމެވީ ފަޑިޔާރުން ހަމަމަގަށް އަޅުވައި ރައްޔިންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާ މަޖިލީހެއް އޮތުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެފައިވާތީކަމަށެވެ.
އެމްޑިޕީގެ ޓިކެޓް ދެވޭނީ ޕްރއިމެރީއާއެކު ކަމަށް އިއުލާންކޮއްފައިވާތީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ސިރާޖު ވާދަކުރައްވާނެކަމަށްބެލެވެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބްގައި ފޮނަދޫގައި ބެހެއްޓި ތިން ވޯޓު ފޮށީގެ ތެރެއިން ދެ ފޮށިން މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީ އެވެ.
މިހާރު މިދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އެވެ.
އެމްޑީޕީގެ ގާނޫނީ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވާ ވަކީލެއް ގޮތުގައި ހުންނަވާ ސިރާޖު ވަނީ މި ސަރުކާރުގައި ސިޔާސީ ގޮތުން ހައްޔަރު ކުރެއްވި ބައެއް ބޭފުޅުންގެ މައްސަލަތަކުގައި ވާކާލާތި ކުރައްވާފައެވެ.
އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ވަކީލުކަމާއި ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ ދިފާއުގައި އެ ރަށަށް ދިޔަ ވަކީލުންގެ ވަރުގަދަ ޓީމުގައި ވެސް ސިރާޖު ހިމެނެ އެވެ.
މީގެއިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުކަންވެސް ސިރާޖު ގެންދަވަނީ ކުރައްވަމުންނެވެ.
ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ރައްޔިތުން މަޖިލީހަށް ކުރިމަތި ލުމަށް މީގެ ކުރިން އެމްޑީޕީއަށް ނިސްބައްވެ ވަޑައިގަންނަވާ ދެވަކީލަކު ވަނީ އިއުލާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ