މިއަހަރުވެސް ބޮޑު ޢީދު ދުވަހު ބޮނޑިބަތް ބަހަން ދިރާގުން ތައްޔާރުވެއްޖެ

ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށް ގެންދާ "ދިރާގު ޢީދު ބޮނޑިބަތް" ހަރަކާތް ކުރިއަށް ގެންދަން މިއަހަރުވެސް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ. ދިރާގުން ބުނީ، މި އަހަރު ޢީދު ބޮނޑިބަތް ބެހުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން، އަދި މާލޭގައި ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ. ދިރާގުން މިދިޔަ ބޮޑު ޢީދު ދުވަހު ބޮނޑިބަތް ބަހަނީ: ދިރާގުން ބުނީ މިއަހަރު ވެސް އެ ހަރަކާތް އޮންނާނެ ކަމަށް -- ފޮޓޯ/ ދިރާގު ޢީދު ނަމާދަށްފަހު މި ހަރަކާތް ހުޅުމާލޭގައި ހުންނަ ދުވާ ޓްރެކާއި މާލޭގައި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް، ދިރާގުން ބުންޏެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ، ދިރާގުން ބުނިގޮތުގައި، ދިވެހި ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމުގެ ގޮތުން، އަޟްޙާ ޢީދުގެ އުފަލުގައި ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ