ސުޕްރީމް ކޯޓާއި ފަނޑިޔާރުން ހިމާޔަތް ކޮށްދިނުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މި މެސެޖު މީގެކުޑައިރުކޮޅެއް ކުރިން ޓްވިޓާގައި އާންމުކުރައްވާފައިވަނީ އުއްތަމަ ފަނޑިޔާރާ އާއިލީ ގުޅުން އޮންނަ ދައުލަތުގެ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު އެވެ.
އުއްތަމަ ފަނޑިޔާރާ ހަވާލާދެއްވާ ސުއޫދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު މިރޭ އޭނާއަށް ގުޅުއްވާ ސުޕްރީމް ކޯޓާއި އެމަނިކުފާނު ހިމާޔަތްކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.
ސިފައިން ކޮންމެ ވަގުތަކުވެސް ސުޕްރީމް ކޯޓަށް ވަދެގެންފާނެ ކަމަށް އުއްތަމަ ފަނޑިޔާރު ލަފާކުރައްވާ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މެސެޖު: ސުޕްރީމް ކޯޓާއި ފަނޑިޔާރުން ހިމާޔަތް ކޮށްދެއްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ