ބޮޑު ތަފާތަކުން ސްޕެއިން އިން އާޖެންޓީނާ ބަލިކުރިއިރު ބްރެޒިލް އަތުން ޖަރުމަން ބަލިވެއްޖެ

ރަހްމަތްތެރިކަމުގެ މެޗެއްގައި ބޮޑު ތަފާތަކުން ސްޕެއިން އިން އާޖެންޓީނާ ބަލިކުރިއިރު، ބްރެޒިލް އަތުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ބަލިވެއްޖެއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ބާސެލޯނާގެ ލިއޮނެލް މެސީއާ ނުލާ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އާޖެންޓީނާއާ ވާދަކޮށް ސްޕެއިން އިން މެޗު ކާމިޔާބުކުރީ 1-6 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސްޕެއިންއެވެ. މި ލަނޑު 12 ވަނަ މިނެޓުގައި މާކޯ އެސެންސިއޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޑިއެގޯ ކޯސްޓާއެވެ. މި ލަނޑަށްފަހުވެސް ސްޕެއިން އިން ދިޔައީ މެޗުގައި މޮޅަށް ކުޅެމުންނެވެ.
އެގޮތުން ސްޕެއިން އިން ވަނީ 27 ވަނަ މިނެޓުގައި އެސެންސިއޯގެ އެހީތެރިކަމާއެކު އިސްކޯ ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެހެންނަމަވެސް 39 ވަނަ މިނެޓުގައި ނިކޮލަސް އޮޓަމެންޑީ ކާމިޔާބުކުރި ލަނޑުން އާޖެންޓީނާ އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން އާޖެންޓީނާގެ މައްޗަށް ސްޕެއިން ކުރީގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ