ސަރުކާރު ކުންފުނިތައް އިސްލާހުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ފަށަނީ

ސަރުކާރު ކުންފުނިތައް އިސްލާހުކުރުމަށް ނުވަތަ ރިފޯމް ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ. 
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް ހިނގަމުންދަނީ އެންމެ ހަރުދަނާކޮށް ނޫން ކަމަށެވެ. ރައްޔިތުންނަށް އަދި ސަރުކާރަށް ފައިދާވާ ގޮތަށް ހިންގާ ކުންފުނިތައް ނިސްބަތުން މަދުކަމަށާއި އެފަދަ ކުންފުނިތައް ރިފޯމްކުރުމަކީ ރައްޔިތުންވެސް ބޭނުންވާ ގޮތްކަމަށެވެ.
މާލީ ވަޒީރު ވިދާޅުވީ އެސްއޯއީ ރިފޯމް ޕްރޮގްރާމަށް ތައްޔާރުވުމަށް ހަދަން ޖެހޭ ދިރާސާތައް ހަދައި ނިމިފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަށް ފެށިގެންދާނެ ކަމަށެވެ.
ކުންފުނިތަކުގެ އިތުރުން ދައުލަތުން ސަބްސިޑީ ދިނުން ވެސް ހައްލު ކުރަން ޖެހޭ ކަމަށާއި އެކަމަށްވެސް ރިފޯމް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާސަންދަވެސް މިހާރު އޮތްގޮތުން އިސްރާފު ބޮޑު ކަމަށާއި އެ ނިޒާމުވެސް އިސްލާހު ކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ