ނައްތާލަން ބޭނުންވާ ބައު މުސްޙަފާއި ދީނީ ލިޔުންތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ހުޅުވާލައިފި

ނައްތާލަން ބޭނުންވާ ބައު މުސްޙަފާއި ދީނީ ލިޔުންތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ހުޅުވާލައިފިއެވެ.
މިކަމާގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ނައްތާލަން ބޭނުންވާ މުސްޙަފާއި ދީނީ ލިޔުންތައް ސިޓީ ކައުންސިލާ ހަވާލު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށާއި ކޮންމެ އަހަރަކުވެސް ދެ ފަހަރު މި ފުރުޞަތު ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު މިއަދުން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހާ ހަމައަށް މިއަހަރުގެ ފުރަތަމަ ބުރު ހުޅުވާލާފައިވާކަމަށެވެ.
ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް މުސްޙަފާއި ދީނީ ލިޔުންތައް ހަވާލުކުރެވޭނެ އިންތިޒާމު މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި) އާއި ވިލިމާލެ ސެކްޝަންއާއި ހުޅުމާލެ ސެކްޝަންގައި ހަމަޖެހިފައި ހުންނާނެކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ