ކޯޓުތަކާއި ކަމާގުޅޭ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅާލައިފި

ރާއްޖޭގެ ކޯޓުތަކާއި އަދި ޝަރުއީ ދާއިރާގެ ހުރިހާ ކަމާ ގުޅުންހުރި އިދާރާތަކެއް އެއް ވިއުގައަކުން ގުޅާލަދޭ އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް (އައިސީއެމްއެސް) މިއަދު އިފްތިތާހުކޮށްފިއެވެ.
މީރުމާ ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނެވެ.
ދައުވާ ފޯމު އެންޓްރީ ކުރުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަން، ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުން، ކޭސް ޝެޑިއުލިން، ކޯޓު އަމުރު ތައްޔާރުކުރުން، އަދި ހުކުމް ކުރުންވެސް މި ސިސްޓަމްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ޑީޖޭއޭ އިން މައުލޫމާތު ދެ އެވެ. މި ސިސްޓަމް ފަރުމާކޮށްފައި ވަނީ އާންމުންނަށް ވެސް އެކްސެސް ލިބޭ ޕޯޓަލްއަކާ އެކު އެވެ. އޭގެ ސަބަބުން އާންމުންނަށް މައްސަލަތަކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ.
އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑީޖޭއޭގެ ޗީފް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ، މި ސިސްޓަމްގެ ސަބަބުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ބެކްލޮގް ވަރަށް ބޮޑަށް ދަށްވެ، ކޯޓުތަކުގެ ހިންގުން ހަރުދަނާވެ، އަވަހަށް އަދުލު އިންސާފު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި ޔޫއެންޑީޕީން ވަނީ މި ސިސްޓަމް ފަރުމާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ