ކަރަންޓް ބިލުން އޮތީ "ޓެކްނިކަލް" ގޮތުން ވައްކަން ކޮށްފައި: އިދިކޮޅު ކޯލިޝަން

މިދިޔަ މަހުގެ ކަރަންޓު ބިލުން ސިފަވަނީ "ޓެކްނިކަލް" ގޮތުން ކޮށްފައި އޮތް ވައްކަމެއްގެ ގޮތުގައި ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ބައެއް ގޭގޭގެ މިދިޔަ މަހުގެ ކަރަންޓު ބިލް އާދަޔާހިލާފަށް ބޮޑުވެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޝަކުވާތަކާ ގުޅިގެން، ސްޓެލްކޯއިން ވަނީ މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ސަރުކާރުގެ އަމަލުތަކުން ފެންނަމުންދަނީ މާޔޫސްކަމާއި ނާއުއްމީދު ކަމަށެވެ. އޭނާ ވަނީ، ހަމަ އަގަށް ތިރިކުރަން ދެން ބިލް ނުދެއްކުމަށް ގޮވާލައްވައިފަ އެވެ.
Karanu bill aadhayaa hilaafah boduve shakuvaa ginavejje
Mihaaru
ނިމާލް ވިދާޅުވީ ކަރަންޓް ބިލުން ފެންނަނީ މަކަރާއި ހީލަތާއި ފޭރުމުގެ ތެރެއަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ. އަދި އެއީ ރައްޔިތުން ބިކަހާލުގައި ހިތްދަތިކަމުގައި ގެންގުޅެން ފެށި ސިލްސިލާ ޕްރޮގްރާމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސްޓެލްކޯގައި ވެސް ކުރިން މަސައްކަތް ކުރެއްވި ނިމާލް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ ބިލުގައި ހަދާފައިވަނީ މަކަރެވެ. އެއީ ރަނގަޅު މަގުސަދެއްގައި ހަދާފައިވާ ބިލެއް ކަމަށް ނުދެއްކޭނެ ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މިއީ ޓެކްނިކަލް ގޮތުން ކޮށްފައި އޮތް ވައްކަމެއްގެ ގޮތުގައި ސިފަކުރާނީ،" ނިމާލް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރި ވަބާއާ އެކު ވަރަށް ބޮޑު ތަދުކަމެއް އައިސްފައިވާ ކަމަށެވެ. ރާއްޖޭގެ އިގުތިސޯދު ވެސް މިއިން ޒަމާނެއްގައި ނުވެއްޓޭ ވަރަށް ވެއްޓިފައިވާތީ މި ތަދުމަޑުކަމުގައި ރައްޔިތުން އުޅެމުންދަނީ ނިކަމެތި ހާލުގައި ކަމަށް ވިދާޅުވި އެވެ.
އެހީތެރިތެރިވުމަށް ސްޓިމިއުލަސް ޕެކޭޖު ތައާރަފުކުރިއަސް އެންމެ އެކަށީގެންވާ ގޮތުގައި އެކަން ނުދާ ކަމަށާއި ރައްޔިތުން ތިބީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ. އެހެން ހުއްޓައި ކުއްލިއަކަށް ލިބުނީ ބޮޑު ބިލެއް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މިހާތަނަށް ހެދި އެނަލައިޒްކޮށް އިން 87 ޕަސެންޓު ގޭގެ ބިލްތައް 100 ޕަސެންޓަށް ވުރެ ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.
Midhiya mahuge karantu bill in 40 percent discount dheyn nimmaifi
Mihaaru
"އެހާ ބޮޑު ބަދަލެއް އައީމަ ކަންބޮޑުވޭ. ރައްޔިތުންގެ އަތުގައި ފައިސާއެއް ނެތް. ފައިސާ ލިބޭނެ ގޮތެއް ވެސް ނެތް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އިތުރަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ހަމަނުޖެހި އޮއްވައި "ކުއްލިއަކަށް މިކަހަލަ ކަމެއް ކުރަން ޖެހުމަކީ ލޭ ބުއިން ފަދަ ކަމެއް" ކަމަށެވެ.
ބޭރުގެ ގައުމުތަކުން ވެސް އެހީ ލިބުނު ކަމަށް މައުލޫމާތު ލިބިވަޑައިގެންފައި ވިއަސް އެކަމުގެ ފައިދާއެއް ރައްޔިތުންނަށް ނުކުރި ކަމަށް ވިދާޅުވި އެވެ.
ކަރަންޓުގެ ބޮޑު ބިލް ދެއްކޭނެ ގޮތެއް އޮތް ކަމަށް ގަބޫލެއް ނުކުރައްވާތީ އިގުތިސޯދު ރަނގަޅުވަންދެން ސަރުކާރުން ދެމުން އައި ސަބްސިޑީ ދިނުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ