ގޭގައި ގެންގުޅޭ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ލަންކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރު ސަރަތް ޑި އަބްރޯއެވެ.
ޖިންސީ ގޯނާގެ މި މައްސަލަ ހުށަހަޅާފައި ވަނީ ސަރަތްގެ ގޭގައި މަސައްކަތް ކުރާ 39 އަންހެނެކެވެ. އޭނާ ވަނީ ޖިންސީ ގޯނާގެ އިތުރުން، ސަރަތު އޭނާއަށް އެކި ފަހަރު މަތިން އަނިޔާކޮށްފައިވާ ކަމަށްވެސް ބުނެފައެވެ.
އެގޮތުން އޭނާގެ ބޮލުގައި އެކި ފަހަރު މަތިން ބަޑިއަކުން ޖަހާފައިވާ ކަމަށްވެސް އޭނާ ވަނީ ފުލުހުންގެ ތަހުޤީޤުގައި ބުނެފައެވެ. އޭނާގެ ބޮލަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އަވަސް ފަރުވާ ދިނުމަށް ވަނީ އެޑްމިޓް ކޮށްފައެވެ.
ސަރަތު ހައްޔަރު ކުރުމަށް އެޓާނީ ޖެނެރަލް އަމުރު ނެރުނީވެސް އަންހެން މީހާއަށް ފަރުވާދިން ޑޮކްޓަރާއި ޖުޑީޝަލް މެޑިކަލް އޮފިސަރުގެ ރިޕޯޓަށް ބެލުމަށްފަހުއެވެ.
މައްސަލައިގެ ތަހުޤީޤަށް ބަޔާން ދިނުމަށް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން ފަނޑިޔާރު ވަނީ ބަޔާން ދިނުމަށް އިންކާރު ކޮށްފައެވެ. މިހާރު މި ކޭސް ވަނީ ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓާއި ހަވާލުކޮށްފައެވެ.
ބަރ އެސޯސިއޭޝަން އޮފް ސްރީލަންކާއިން ވަނީ މައްސަަލަ ނިމި، ކަމުގެ ހަޤީޤަތް އޮޅުންފިލަންދެން އެ ފަނޑިޔާރު މަޤާމުން ސަސްޕެންޑް ކުރުމަށް ޑިމާންޑް ކޮށްފައެވެ.
ނޯކަރަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ލަންކާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ