ތ. އަތޮޅު ކަނޑޫދޫއާއި ވަންދޫއާއި އޮމަދޫ އަދި ކިނބިދޫގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ ޑިސެމްބަރު މަހުގެ 25 ން 27 އަށް ހިންގި މި ޕްރޮގްރާމަކީ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އަދި ތ. އަތޮޅު ކައުންސިލް ގުޅިގެން ހިންގި ޕްރޮގްރާމެއް ކަމަށެވެ.
އެރަށްރަށުގައި ވަކިވަކިން ހިންގި މި ޕްރޮގްރާމުގައި ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށިއަނިޔާގެ ސަބަބުން ދިރިއުޅުމަށްކުރާ އަސަރުތަކާއި ގެވެށި އަނިޔާކުރާ ކަމަށް މައުލޫމާތެއް ލިބިއްޖެނަމަ އަމަލު ކުރާނެ ގޮތާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައާއި އެކުދިންނާމެދުކުރާ ތަފާތު އަނިޔާތަކާ ބެހޭގޮތުން މައުލޫމާތުދީފައިވާކަމުގައި ފުލުހުން ބުނެ އެވެ.
މީގެއިތުރުން މި ޕްރޮގްރާމުގައި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާއި ކުޑަކުދިންކުރާ ކުށްތަކާއި، އެކުށްތަކުން އެކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމާއި ހަރުދަނާ ޖީލެއް ބިނާކުރުމުގައި މައިންބަފައިގެންގެ ދަޢުރަކީ ކޮބައިކަމާއި އެދަޢުރުގެ މުހިންމުކަމުގެ އިތުރުން ގެވެށިއަނިޔާއާއި ބެހޭ ޤާނޫނާއި ކުޑަކުދިންގެ ޤާނޫނަަށް އަލިއަޅުވާލައި މައުލޫމާތު ދީފައިވާނޭކަމުގައިވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ޕްރޮގްރާމުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން އެރަށްރަށުގައި ވަނީ ގެވެށި އަނިޔާތަކާއި ދެކޮޅަށް ހިނގާލުމެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ތ. އަތޮޅު 4 ރަށެއްގެ ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމް ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ