ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރެއް ނުކުރޭ: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޑރ. ދީދީ އެހެން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީ ކުރެއްވި ޓްވީޓަށް ރައްދު ދެއްވައެވެ. އަލްހާން ކުރެއްވި ޓްވީޓުގައި ވަނީ އަލުން ބަލަންޖެހޭ ބޮޑު ދެ މައްސަލަ އަކީ ގާޒީ ޢަބްދުالله މުޙަންމަދު ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ހައްޔަރުކުރި މައްސަލައާއި ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ކަމަށެވެ. ޑރ. ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ވާހަކައަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށާއި ބަލަންޖެހޭ ހަގީގީ މައްސަލައަކީ، ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު/ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.
ނަމަވެސް، އެ އަމުރުނެރުމުގައި ބައެއް ފަނޑިޔާރުން ޖިނާއީ ޒިންމާ އުފުލަންޖެހޭ ފަދަ ކަމަކަށް އަރައިގެންފައިވާނަމަ، އޭގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އެ ފަނޑިޔާރުން ކަމަށް ޑރ. ދީދީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ