ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ބުނެފައިވަނީ، ހަރަކާތް ހުއްޓިފައިވާ ހާލަތުގައި އޮތް، އުމުރުން 77 އަހަރުގެ ދިވެހި ފިހެނަކު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ހެނދުނު 9:50 ގައި ގެންދެވުނު ކަމަށެވެ.
އެމީހާ ނިޔާވެފައިވަނީ ހެނދުނު 10:14 ގައި ކަމަށާއި، މިއީ، ކޮވިޑްބަލީގެ މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މިއާއެކު ކޮވިޑްބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ