އަންނަ މަހުގެ ފަހެއްގެ ކުރީން ކެމްޕެއިން ޕޯސްޓަރުތައް ނެގުން ލާޒިމު

‏އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައިވާ ގޮތުން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކެމްޕެއިނަށް ދެމި ތަކެތި ނަގަން ޖެހެ އެވެ.
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުން ދެމި ބެނާތަކާއި ކެމްޕެއިން ޕޯސްޓަރުތައް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރީން ނަގަން ޖެހޭނެ ކަން ހަނދާން ކޮށްދީފި އެވެ.
‏އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ބެހެއްޓި ތަންތަން އެ ތަކެތި ނެގުމަކީ ކެންޑިޑޭޓުންނަށް ލާޒިމް ކަމެކެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.ދާއިމީ ނަތީޖާ އިއުލާނު ކުރުމުގެ ކުރީން ވެސް ބައެއް ކެންޑިޑޭޓުން ވަނީ އެ މީހުންގެ ކެމްޕެއިން މެޓީރިއަލްތައް މަގުތަކުން ނަގާފައެވެ. ނަމަވެސް އަދިވެސް ބައެއް ކެންޑިޑޭޓުންގެ ބޮޑެތި ފޮޓޯތަކާއި ކެމްޕެއިނަށް ދެމި ބެނާތަކާއި ދިދަތައް އެބަ ހުއްޓެވެ.ގަވާއިދު ބުނާ ގޮތުން އެ ތަކެތި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރީން ނަގަން ޖެހެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވަނީ އާންމު ގަވާއިދުގެ އެ މާއްދާ ހަނދާންކޮށްދީފައެވެ.އޭގެ ކުރީން އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނަށް ކެންޑިޑޭޓުން ބޭނުން ކުރި ބައެއް ކެމްޕެއިން މެރީއަލްތައް އަދިވެސް ނުނަގާ އެބަ ހުއްޓެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ފޮޓޯފުޅު ހިމަނައިގެން ކެމްޕެއިން ކުރި ގިނަ ކެންޑިޑޭޓުންގެ ކެމްޕެއިން ފޮޓޯތައް އަދިވެސް މަގުތަކުން ފެންނަން އެބަ ހުއްޓެވެ. ގިނަ ފޮޓޯތައް ހުރީ ވީދިފައެވެ. އެ ފޮޓޯތައް ހުރުމުން ފާރުތައް ހަޑިވެ މަގުތަކުގެ ރީތިކަން ގެއްލެ އެވެ. އިންތިހާބުތައް ނިމުމުން އިންތިހާބުތަކުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން މޮޅުވިޔަސް / ބަލިވިޔަސް ކެމްޕެއިން މެޓީރިއަލްތައް މަގުތަކުން ނެގުމުގައި ރީތި ނަމޫނާ ދައްކާފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ