ފުރަން ގޮސް ހުރި ބިދޭސީއަކު އެއާލައިން މުވައްޒަފަކަށް ހަމަލާދިނުމުން ހައްޔަރުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ފުރަން ގޮސްހުރި ބިދޭސީއަކު އެ އެއާޕޯޓުގެ މުވައްޒަފަކަށް ހަމަލާދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ވީއައިއޭގެ އޮފިޝަލަކު ވިދާޅުވީ އިންޓަރނޭޝަނަލް ޓާމިނަލް އަށް ފުރަން ގޮސް ހުރި ފަތުރުވެރިޔަކު އެއާލައިން މުވައްޒަފަކަށް ހަމަލާދީފައިވާ ކަމަށެވެ. މި މައްސަލަ ހިނގި ގޮތް އަދި ސާފުނުވާ ކަމަށާއި ނަމަވެސް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމަލާދޭ ވީޑިއޯ މީސް މީޑިއާގައި އާންމުވެފައިވާއިރު، ފުރަން ގޮސް ހުރި ބިދޭސީ މީހާ އެތަނުގައި އަޑުގަދަކޮށް މުވައްޒަފަކަށް ހަމަލާދޭތަން ފެނެއެވެ. އަދި އިތުރު މުވައްޒަފަކު އޭނާ ކޮށްޕާލުމުން އެ މުވައްޒަފަށްވެސް ހަމަލާދީފައިވެއެވެ. ދިފާއުގައި މުވައްޒަފުވެސް އޭނާ ކޮށްޕާލާތަން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ