ގޭންގު މާރާމާރީއެއްގައި މަރާލި ވ. ކެޔޮދޫ ދޭލިޔާގެ މޫސާ އަހުމަދު ފަތުހީގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އދ. މާމިގިލި، ސޭޑީ ގްރޫވް، ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މުއްދަތު ފަހަނަ އަޅާ ދިޔަ ފަހުން ކަމަށް ވާތީ އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ކޮށްލުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ. މޫސާ އަހުމަދު ފަތުހީ މަރުވީ 2017ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. މޫސާ އަހުމަދު ފަތުހީ އަށް ހަމަލާ ދިނީ ހަތް އިންޗި ދިގު މިނުގައި ހުރި ވަޅިއަކުން ކަމަށް ފުލުހުން ބުނެއެވެ. ދައުލަތުން ސައްމާހުގެ މައްޗަށް ދައުވާ އުފުލީ ގަސްތުގައި މީހަކު މަރާލި ދައުވާއެވެ. މި މައްސަލާގައި ސައްމާހު ހައްޔަރުކުރީ 2017ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9ވަނަ ދުވަހުއެވެ. އަދި މައްސަލައިގެ ޝަރީއަތް 2017ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ފެށިއިރު ސައްމާހުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާ ދައުވާ އުފުލީ މުއްދަތު ފަހަނަ އަޅާ ދިއުމަށް ފަހު ކަމަށް ބުނެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ދައުވާ ކުރުމަށް އެކަށީގެންވާ ވަރަށް ހެކި ހުރި ނަމަ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ވާނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހަކު ބަންދުގައި ބަހައްޓާތާ 30 ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަ ނުކުރެވޭ ނަމަ އިތުރު 30 ދުވަހާއެކު ޖުމްލަ 60 ދުވަސް ދެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެހެންކަމުން ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މޫސަ މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ