ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަން ތަންފީޒު ކުރަންވާނީ ޑިއު ޕްރޮސެސްގެ ތެރޭގައި ކަމަށް އުއްތަމަ ފަނޑިޔާޜު ލަފާދެއްވާއިފި

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަން ތަންފީޒު ކުރަންވާނީ ޑިއު ޕްރޮސެސްގެ ތެރޭގައި ކަމަށް އުއްތަމަ ފަނޑިޔާޜު ލަފާދެއްވާއިފިއެވެ. ޕްރޮސެކއިުޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 1 ފެބުރުއަރީ 2018ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި އަމުރާ ގުޅިގެން އެއަމުރުގައި ހިމެނޭ ކަންކަން ތަންފީޒުކުރަންވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާތިއާ، އެއަމުރުގެ 5 ވަނަ ނަމްބަރުގައި ހިމެނޭ ފަރާތްތަކުގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތައްކަމަށްވާތީއާ، އަދި އޭގެތެރެއިން އަނެއްބައި މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކަށްވާތީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ޕީޖީ އޮފިހާ ކަމާގުޅުން ހުރި އިދާރާތަކާއެކު މިހާރު ގެންދަނީ ކުރަމުން ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ޕީޖީ އޮފީހުން ސުޕްރީމްކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފުސީލު އެކޯޓަށް ހުށަހެޅުމަށްޓަކައި ޕީޖީ އޮފީހުން ގެންދަނީ ތައްޔާރުވަމުން ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ