އިދިކޮޅު ފަރާތްތައް މަސައްކަތް ކުރަނީ ރައްޔިތުން ބިކަހާލުގައި ޖެއްސުމަށް: މިނިސްޓަރ ތޯރިގް

އިދިކޮޅު ފަރާތްތައް މަގުމައްޗަށް ނުކުމެ، ކުރަމުންދާ މަސައްކަތްތަކަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވައި، ރައްޔިތުން ބިކަހާލުގައި ޖެއްސުމަށް ކުރާ މަސައްކަތްތަކެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.ފެނަކައިގެ ހުރިހާ ގޮފިތަކެއްގެ އިދާރީ މަސައްކަތްތަކާއި ފައިސާއާއި މުވައްޒިފުންނާ ގުޅުންހުރި މަސައްކަތްތައް އެއް ވިއުގައަކުން ގުޅުވާލުމުގެ މަސައްކަތް ނިމި، އެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓްތައް ފެނި އިދިކޮޅު ފަރާތްތަކުން ރާވަފައިވާ ހުރިހާ ޕްލޭންތަކެއް ފެއިލްވެފައިވާ ކަމަށެވެ.މިއާއެކު މިހާރު އެފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ މި ޕްރޮޖެކްޓްތައް ހުއްޓުވާލެވޭނެ މަގެއް ހޯދޭތޯ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނުދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ހަމައެއާއެކު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބަލާލިނަމަވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފެނާއި ކަރަންޓާއި ނަރުދަމާގެ އިތުރުން އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާ ދިއުމަކީ މިކަމުގެ ހެއްކެއްކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ