އަސާސީ ހައްގުތަކުން ގިނަ ގިބަޔަކު މަހުރޫމް ކޮށްފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސާސީ ހައްގުތަކުން ގިނަ ބަޔަކު މަހުރޫމު ކޮށްފައިވުމަކީ މާފުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މުޖުތަމައުގައި އުޅޭ ކޮންމެ މީހަކަށް ވެސް ވެސް އެމީހެއްގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުވެގެން މެނުވީ ކުރިއެރުންތައް ނުހޯދޭނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މައުމޫން މިހެން ވިދާޅުވި ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަން (ޢެޗްއާރްސީއެމް) އިން ވަނީ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެގޮތުން ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފެށިފައިވާކަން އެޗްއާރްސީއެމް އިން ފާހަގަކުރެއެވެ.
އެޗްއާރްސީއެމް އިން ބުނި ގޮތުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުވެއެވެ. އެގޮތުން ހެއްކާބެހޭ ބިލު، މަދަނީ އިޖުރާއަތުގެ ބިލު، ޖުވެނައިލް ޖަސްޓިސް ބިލު، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބިލު، ހެކިންނަށް ހިމާޔަތް ދިނުމާބެހޭ ބިލު ހިމެނޭ ކަމަށްވެސް އެޗްއާރްސީއެމް އިން ބުންޏެވެ.
އަސާސީ ހައްގުތަކުން ގިނަ ގިބަޔަކު ވަނީ މަހުރޫމް ކޮށްފައި - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ