ސްރީލަންކާގެ މަސްވެރިން، މަސްވެރިކަމަށް ނުފުރުމަށް އެގައުމުގެ މީޓިއޮރޮލޮޖީން އިލްތިމާސްކޮށްފިއެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ލަންކާގެ މަސްވެރިން މަހަށް ނުފުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ލަންކާގެ މީޓިއޮރޮލޮޖީން ބުނީ ހުކުރު ދުވަހުގެ ނިޔަލަށް ކަނޑުތަކުގައި ވައި ގަދަވާނެ ކަމަށެވެ.
ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ވަނީ ބޭ އޮފް ބެންގާލްގެ އިރު-ދެކުނުން ލަންކާއާ 1300 ކިލޯ މީޓަރު ދުރުގައި ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ލަންކާގެ މީޓިއޮރޮލޮޖީން ބުނެއެވެ.
އެ ކޮޅިގަނޑު މިހާރު ދަތުރު ކުރަމުންދަނީ ޓެމިލް ނާޑޫއާ ދިމާލަށް ކަމަށް ވެސް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ލަންކާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކަނޑާއި އައްސޭރި ފަށު ސަރަހައްދުގައި ގަޑިއަކު ގާތްގަނޑަކަށް 70 މޭލާއި 80 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ.
މޫސުން ގޯސްވަމުންދާތީ ލަންކާގެ މަސްވެރިން މަހަށް ނުފުރުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ