މިއަދު ހުކުރު ނަމާދުގައި އިއްވި ޚުތުބާ ސިޔާސީީ ޚުތުބާއަކަށް ހަދައި، މިސަރުކާރުން ދީން ހަތިޔާރަކަށް ހަދަމުންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
އިއްތިހާދުގައި ހިމެނޭ އެމްޑީޕީއާއި ޖޭޕީ އަދި އަދާލަތު ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައިވާ މިދަނޑިވަޅުގައި ސަރުކާރުން ދީން ހަތިޔާރަކަށް ހަދައި، އެންމެ ފަހުން ހުކުރު ޚުތުބާވެސް ސިޔާސީކުރުން ކުށްވެރި ކުރާ ކަމަށެވެ. 
މިއަދުގެ ޚުތުބާގައި ވެރިޔާއަށް ކިޔަމަންވުމަށާއި ވެރިޔާއަށް ބޯލެނބުމަށް ގޮވާލާފައިވާއިރު ދީނީ އިލްމުވެރިންވެސް ވަނީ އެ ޚުތުބާއަކީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމުގެ ނިޔަތުގައި ތައްޔާރުކޮށްފައިވާ ޚުތުބާއެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދުގެ ޚުތުބާއަކީ ސިޔާސީ ޚުތުބާއެއް ކަމަށް ބުނެ މާމެންދޫގެ އިމާމު ވަނީ އިސްލާމިކް މިނިސްޓްރީން ފޮނުވި ޚުތުބާ މިސްކިތުގައި އިއްވުމަށް ދެކޮޅު ހަދާފައެވެ.
    
    ހުކުރު ޚުތުބާ ސިޔާސީ ކުރުމުން ކަންބޮޑުވޭ: އިދިކޮޅު އިއްތިހާދު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ