ތިމާއަށް މަތީ މަގާމާއި ޝުހުރަތު ހޯދައިން ބަޔަކަށް "ހަރާން ކޯރު" ވުމަކީ މިއަދުގެ ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތިމާއަށް ކުރިއެރުމާއި މަތީ މަގާމާއި ޝުހުރަތު ހޯދައިދިން ބަޔަކަށް ހަރާން ކޯރު ވުމަކީ، މިއަދުގެ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ ކަމަށެވެ. އަދި އެކަން އެހެން ކުރި ބަޔަކަށް އަންނަން އޮތް ޖީލުތަކުގެ މަލާމާތް ރައްދުވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
Thimā ah kurierumā mathī maqāmā shuhurath hōdhaidhin bayakah harānkōru vumakī miadhuge siyāsī maidhānuga kurierumah oiy harugan’dakah vejje. Ekan ehen kuri bayakah annan oiy jīlu thakuge malāmaiy radhdhu vāne.
މިފަދަ ގޮތަކަށް ވިދާޅުވެ ރައީސް މައުމޫން ޓްވީޓް ކުރައްވާފައި މިވަނީ އެމަނިކުފާނުގެ 30 އަހަރުގެ ގައުމީ ހިދުމަތުގައި، ގައުމުގެ ރައީސެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތް ތަކުގައި އެމަނިކުފާނުގެ ސަރުކާރުގައި އިސްމަގާމުތަކެއް އަދާކުރެއްވި ބައެއް ބޭފުޅުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ދިފާއު ކުރުމަށްޓަކައާއި މަގާމު ދިފާއު ކުރެއްވުމަށްޓަކައި ރައީސް މައުމޫންއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުންދާ ދުވަސް ވަރެއްގަ އެވެ.
ހަމައެގޮތުން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި ރައީސް މައުމޫންއެކޭ އެއްފަދައިން މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް މިސަރުކާރުގެ އިސްވެރިން ބަހުގެ ހަމަލާތައް ދެމުންދާ ދުވަސް ވަރެއްގަ އެވެ.
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ، ގެންދަވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއާއެކު މިސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމ،ުންނެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލި ކުރައްވާނެ ކަމަށެވެ. އެގޮތުން ގުޅިފައިވާ ފަރާތްތަކުން ދަނީ އެއް ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ވެސް ކުރަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ތިމާއަށް މަތީ މަގާމާއި ޝުހުރަތު ހޯދައިދިން ބަޔަކަށް ހަރާން ކޯރުވުމަކީ މިއަދު ކުރިއަށް ދިއުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ