ހަލާކުވެފައި ހުރި ފައިސާ މިމަހުގެ ނިޔަލަށް ބަދަލުކުރުމަށް ލަންކާގެ ސެންޓްރަލް ބޭނުންކުން އިލްތިމާސްކޮށްފި
ސްރީލަންކާގައި ބޭނުންކުރާ ފައިސާގެ ނޫޓުގެ ތެރެއިން ހަލާކުވެފައި ހުރި ނޫޓުތައް މި މަސް ނިމުމުގެ ކުރިން ބަދަލުކުރުމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން އިލްތިމާސް ކޮށްފިއެވެ. އަންނަ މަހުގެ އެކަކުން ފެށިގެން ހަލާކުވެފައި ހުންނަ ނޫޓާއި، ކުރަހައި، ލިޔެފައި ހުންނަ ނޫޓު އެ ގައުމުގެ ވިޔަފާރި މުއާމަލާތްތަކުގައި ބޭނުމެއް ނުކުރެވޭނެއެވެ. މީގެ ކުރިންވެސް ސެންޓްރަލް ބޭންކުން ވަނީ ހަލާކުވެފައި ހުރި ނޫޓު ތަކާއި ބާ ނޫޓުތައް ބަދަލުކުރަން އިލްތިމާސް ކޮށްފައެވެ. އެފަހަރު މުހުލަތު ދިނީ މިދިޔަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް ފައިސާ ބަދަލު ކުރުމަށް އިތުރަށް މުހުލަތު ދިނުމަށް އާންމުން އެދުމުން އެ ބޭންކުން ވަނީ އެ މުއްދަތު ތިން މަސްދުވަހަށް އިތުރުކޮށްދީފައެވެ. ލައިސެންސް ދީފައިވާ ކޮންމެ ކޮމާޝަލް ބޭންކަކުންވެސް ފައިސާ ބަދަލުކޮށްދޭނެއެވެ. މިއީ ވަގު ނޫޓޫ ބޭނުން ކުރުން ހުއްޓުވުމަށާއި ހަލާކުވެފައިވާ ނޫޓުތައް ސާކިއުލޭޝަން އިން ނެގުމަށް އެޅި ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ