ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑުކޮށްފި

ބަލަމުންދާ މައްސަލައަކާ ގުޅިގެން ރ. ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު، އަލީ މުސްތަފާ މިއަދު ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ އޭނާ ސަސްޕެންޑުކޮށްފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
MU STORE
MGH Group of Companies
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
މުސްތަފާ ސަސްޕެންޑުކޮށްފައި ވަނީ އެ ކޮމިޝަނުން ވަކޮ ގޮތެއް އަންގަންދެން 60 ދުވަހުގެ މުއްދަތަށެވެ. އޭނާ ސަސްޕެންޑުކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރުންނާއި ގާޒީން ސަސްޕެންޑުކުރުމަކީ ޖުޑީޝަލްސާވިސް ކޮމިޝަންގެ ގާނޫނުން އެ ކޮމިޝަނަށް ދީފައި އޮންނަ ބާރެކެވެ.
އެންމެފަހުން ޖޭއެސްސީން ސަސްޕެންޑުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނެވެ. 
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ، ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރުގެ މައްސަލައެއް ފެބްރުއަރީ 2024، ގައި އޭސީސީން ތަހުގީގު ކުރަން ފެށި ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުން އޭރު ބަލަމުންދިޔަ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުން ފަށަން ކުޑަތަންވެފައި ވަނިކޮށެވެ.
ސަސްޕެންޝަނުގައި ހުންނަވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާދެއްވައިފަ އެވެ.
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމީ ދިފާއުވުމުގެ ފުރުސަތު ވެސް ނުދީ އެވެ. އެ ކޮމިޝަނުން އެދުނު ގޮތަށް މެއި، 2024 ގައި މަޖިލީހުން އެ ދެ ފަނޑިޔާރުން ވަކިކުރީ ވެސް ދިފާއުވުމުގެ ފުރުސަތު ނުދީ އެވެ.
ފަނޑިޔާރުން ވަކިކުރިތާ ދެ އަހަރު ފާއިތުވެގެންދިޔައިރު، އަދިވެސް އޭސީސީން ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ