ހުޅުދުއްފާރު އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ އެ މަގާމުން ސަސްޕެންޑްކޮށްފި އެވެ. 
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ މުސްތަފާ ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. 
ޖޭއެސްސީން ބުނީ މައްސަލައިގެ ބާވަތާއި ތަހުގީގަށް ހޯދާފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އަލީ މުސްތަފާ ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ. 
ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރީ 60 ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ