ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު، ޢަލީ މުސްޠަފާ މިއަދު ސަސްޕެންޑުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނީ، އޭނާ ސަސްޕެންޑުކޮށްފައިވަނީ ތަޙުޤީޤު ކުރަމުންދާ މައްސަަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މުސްޠަފާ ސަސްޕެންޑުކުރަން ނިންމީ، މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.
އެގޮތުން، އޭނާ ސަސްޕެންޑުކޮށްފައިވަނީ އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން 60 ދުވަހުގެ މުއްދަތަށެވެ.
ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު 60 ދުވަހަށް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ