މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި، މައުލޫމާތު ހިއްސާކުރުމާއި، ދިރާސާކުރުމުގެ އިތުރުން އެކައުންޓިން ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށެވެ. މީގެ އިތުރުން މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި ރާއްޖޭގެ މާލީ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ މުހިންމު މަސައްކަތްތައް މި ޕާޓްނަޝިޕްގެ ދަށުން ކުރިއަށްދާނެއެވެ.
ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް މި އެއްބަސްވުމުގެ ދަށުން ހާއްސަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ލައިސަންސް ހޯދުމަށް ބޭނުންވާ ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް ކަވަރޭޖް ހާއްސަ އަގުތަކެއްގައި ލިބުމާއި، ލިޔެކިޔުންތައް ހުށަހެޅުމުގައި ލުއިގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ސީއޭ މޯލްޑިވްސްގެ މެންބަރުންނާއި ދާއިމީ މުވައްޒަފުންނަށް ގްރޫޕް ހެލްތު ތަކާފުލް އަދި ގްރޫޕް ޓާމް ލައިފް ތަކާފުލް ވެސް ހާއްސަ އުސޫލުތަކެއްގެ ދަށުން ލިބިގެންދާނެއެވެ.
މި ޕާޓްނަޝިޕަކީ ރާއްޖޭގެ މާލީ ދާއިރާގެ މިންގަނޑުތައް ވަރުގަދަކޮށް، ދާއިރާގެ ފަންނީ ފެންވަރު މަތިކުރުމަށް އެލައިޑް އިންޝުއަރެންސް އާއި ސީއޭ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަކީ އިތުބާރު ހުރި އަދި ދެފުށް ފެންނަ ދާއިރާއަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ދެ ފަރާތުން ވެސް ގަބޫލުކުރެއެވެ.
ދާއިރާގެ ކުރިއެރުވުމަށާއި މެންބަރުންގެ އިނާޔަތް އިތުރުކުރަން ސީއޭ މޯލްޑިވްސްއިން އެލައިޑާއެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ