ރައީސް މައުމޫނު ޖަލުގައި ބަންދުކޮށް ބަހައްޓާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ހުރި ނުލަފާކަން ދެއްކެވުމުގެ ގޮތުން ކަމުގައި ކުރީގެ ބަންޑާރަނައިބު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ރައީސް މައުމޫނާއި މެދު އަމަލު ކުރަމުންދާ ގޮތާއި މެދު ނުރުންފާޅުކުރައްވައި، ކުރައްވާފައި ޓުވީޓެއްގައެވެ.
ރައޫސް ޔާމީނަށާއި ސަރުކާރަށް ވަރަށް ފާޑުވިދާޅުވަމުން ސުއޫދު ވަނީ އިންސާނިއްޔަަތަށްޓަކައި ނަމަވެސް ރައީސް މައުމޫނު ޖަލު ބަންދުން ދޫކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފަަ އެވެ. އަދި އިންސާނިއްޔަތު ކަމުގެ ކުލުނާއި ރަހުމާއި، އުމުރުން ދުވަސްވީ މީހުންނާއި މެދު އޯގާވެރިވުމަށްޓަކައިވެސް އެންމެ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށް ސުއޫދު ވަނީ ގޮވާލައްވާފަ އެވެ.
ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނު އުމުރުފުޅުން 82 އަހަރުގައި ޖަލަށްލައި 50 އަށް ވުރެ ގިނަ ދުވަސް އެމަނިކުފާނު މިހާރުވެސް ޖަލުގައި ހޭދަކުރައްވާފައިވާއިރު، ފެނިގެން މިދަނީ ރައީސް ޔާމީނުގެ އިންސާނިއްޔަތު ކަމެއް ނެތްކަމާއި އަނިޔާވެރިކަމާއި ޖައްބާރުކަން ކަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް ގެންދަނީ ބުނަމުންނެވެ.
ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި، ދަނބިދަރިކަލުން މުހައްމަދު ނަދީމުވެސް ވަނީ ޖަލުގައި ހައްޔަރުކޮށްފަ އެވެ. އަދި އެބޭފުޅުންނާއި މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާ ކަމުގައިވެސް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫނު ހައްޔަރުކޮށްގެން ގެންގުޅުއްވަނީ ރައީސް ޔާމީނު އެމަނިކުފާނުގެ އަނިޔާވެރިކަމާއި ނުލަފާކަން ދެއްކެވުމުގެ ގޮތުންކަމުގައި އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ސިޔާސީ މައިދާނަށް ރައީސް މައުމޫނު ނެރެދެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، ރައީސް ޔާމީނު ރައީސް މައުމޫނު ޖަލުގައި ބަންދު ކުރެއްވުމަކީ އެމަނިކުފާނުގެ އިންސާފުވެރިކަން ކަމަށެވެ.
ރައީސް މައުމޫނު ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މިދިޔަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ގައެވެ. އެމަނިކުފާނުގެ މައްޗަށް ރައީސް ޔާމިނުގެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފައި ވާއިރު، މިހާރު ވަނީ އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.
ރައީސް މައުމޫނު ޖަލުގައި ބަހައްޓަނީ ރައީސް ޔާމީނުގެ ނުލަފާ ކަމުން: ހުއްސްނުއް ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ