އިސްލާމްދީން ނަގާލަން މަސައްކަތްކުރާ ބަޔަކާ އެއްކޮޅުވެވޭކަށް ނެތް: ޝައިޚު އަބްދުﷲ
އިސްލާމްދީނާއި އިސްތިޤްލާލު ނަގާލަން މަސައްކަތްކުރާ ބަޔަކާއި އެއްކޮޅުވެވޭނެ ޝަރުޢީ އެއްވެސް ހަމައެއް ނެތްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ގެނެސްދިން ''29 މިނެޓް'' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ އުއްމަތާއި މުޖްތަމަޢުއާއި ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި އަމިއްލަ މަސްލަޙަތެއް ނެތުމުން އެކަމާއި ދެކޮޅުވެފައި، ވަގުތީ މަންފާއެއް ކުރާތީ އެކަމާއި އެއްކޮޅުވުން އެއީ އުސޫލެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގެ މަސްލަހަތުތަކާއި ގުޅޭ ވޯޓަކީ ދީނީ އިލްމުވެރިންނާއި ކަމުވޮށިގެންވާ މީހުން އެއަށް އެއްބަސް ކިޔަން ޖެހޭ އެެއްޗެއް ކަމަށެވެ. ޝައިޚް އަބްދުﷲ ވިދާޅުވީ މަސްލަޙަތާއި ސަލާމަތްތެރިކަން އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ހިފެހެއްޓި މިންވަރަކުން ކަމަށެވެ. އަދި ރާއްޖޭގެ އިސްތިޤްލާލްއާއި އަޚްލާޤިއްޔާތު ޙިމާޔަތްވެގެން ދިއުމާއިމެދު އެބައެއްގެ އިތުބާރު ގެއްލިފައިވާ ބަޔަކަށް އެއްކޮޅު ނުވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ