ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައީސް ނަޝީދު ޝުކުރު އަދާކުރައްވައިފި

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ “މާލޭގައި މޫނު ނިވާކޮށް، ހަތިޔާރާއެކު ހިންގާ ޖަރީމާގައި ފުލުހުންގެ ބައިވެރިވުން ބެލުމަށް ޕީއައިސީގަ އެދިވަޑައިގަތީ މިނިސްޓަރު އުމަރު ނަސީރަށް ޝުކުރު ދަންނަވާ” ކަމަށެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު މިއަދު ދެ ޓްވީޓެއް ކޮށްފައިވާއިރު އެއް ޓްވީޓްގައި ވިދާޅުވެފައިވަނީ ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާތީ، އެކަމުގައި ފުލުހުންގެ ބައިވެރިވުމެއް އޮތްތޯ ބަލައިދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އިއްޔެ އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ފުލުހުންނާއި ސިފައިން ލައްވާ ގައިރު ގާނޫނީ އެއްވެސް ކަމެއް ނުކުރުވާނޭ ކަމަށެވެ.
މި ދުވަސްވަރަކީ ސޯޝަލް މީޑިއާގައި ސިޔާސީ ފަރާތްތަކުން އެކަކު އަނެކަކަށް ރައްދުކުރަން ބޭނުންވާ މެސެޖް ފޮނުވަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޕީޕީއެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ޓްވިޓާ މެދުވެރިކޮށް ދެންނެވުމުން ރައީސް މައުމޫން ވަނީ ޓްވިޓާ މެދުވެރިކޮށް ރައީސް ނަޝީދަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ