ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ހަމަލާ ދިނުމުގައި އުޅުނު އިޒްރޭލު ސިފައިންގެ އިތުރު ދެ މީހަކު މަރުވެފައިވާކަން އިޒްރޭލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ހާމަކޮށްފި އެވެ.
އިޒްރޭލު އަސްކަރިއްޔާއިން ބުނި ގޮތުގައި، އުމުރުން 23 އަހަރުގެ ކެޕްޓަން ޝަހަރް ގެމްލާ މަރުވީ ހަނގުރާމައިގައި ލިބުނުަ ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހު އެވެ. އަދި އުމުރުން 21 އަހަރުގެ ސާޖަންޓް އޮހާދު ޔާރީ މަރުވީ ހުކުރު ދުވަހު "ލުބުނާނުގެ ދެކުނުގައި ހިންގި އަސްކަރީ ހަރަކާތްތަކެއްގެ ތެރޭގައި" ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ.
ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، ލުބުނާނުގައި މި ފަހުން ފެށުނު ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް 29 ސިފައިންނާއި މަދަނީ ކޮންޓްރެކްޓަރަކު ވަނީ މަރުވެފަ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިޒްރޭލުން ބޮން އެޅުމާއި ލުބުނާނުގެ ދެކުނަށް އަރައިގަނެ ހިންގަމުންދާ އުދުވާންތަކުގައި މިހާތަނަށް އެ ގައުމުން 3،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިޒްރޭލާއި ހިޒްބުﷲ އިން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި ނަމަވެސް އޭގެ ފަހުން ވެސް ދަނީ ހަމަލާތައް ދެމުންނެވެ. އޭގެ ފަހުން އިޒްރޭލުން ދިން ހަމަލާއެއްގައި ލުބްނާން ސިފައިންގެ އެތައް ބަޔަކު މަރުވެ ގައުމުތަކުގެ ނުރުހުން އިޒްރޭލަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ލުބްނާންގައި އިޒްރޭލު ސިފައިންގެ އިތުރު ދެ މީހަކު މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ