އެން ނަގަން ޑައިވިނަށް ގޮސް އުޅުނު ގައްދޫ މަސްވެރިއަކު މަރުވެއްޖެ

ގދ. ގައްދޫ ކައިރިއަށް އެން ނަގަން ޑައިވިނަށް ގޮސް އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން މިހާރު ވަނީ ގދ. ގައްދުއަށް ގެންގޮސްފަ އެވެ.
ތަފްސީލް - ފުލުހުން ބުނީ:
އެ މީހާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދޭ
މަރުވެފައިވަނީ އިސްހާގް ރަޝީދު، 44، އޭޝިޔާ/ގައްދޫ
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ