އީ-ޕާސްޕޯޓު ދޫކުރުން މެދުކަނޑާލިތާ މަހެއްވާއިރުވެސް އަދިވެސް ލިބޭނެ ދުވަހެއް ނޭނގޭ
ދިވެހި އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު (އީ-ޕާސްޕޯޓު) ދޫކުރުން މެދުކަނޑާލިތާ ގާތްގަނޑަކަށް މަސްދުވަސް ވެފައިވާއިރު، އެ ޚިދުމަތް އަލުން ފެށޭނެ ވަކި ތާރީޚެއް އަދިވެސް ނޭނގޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން މެދުކަނޑާލާފައިވަނީ ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެންނެވެ. އެ ބަދަލަށް މިއަދަށް 28 ދުވަސް ވެފައިވާއިރު، އިމިގްރޭޝަނުން ބުނީ އަދިވެސް ޕާސްޕޯޓު ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. https://www.sun.mv/221722 'ސަން' އިން ސުވާލުކުރުމުން އިމިގްރޭޝަން މިއަދު ބުނީ، އަދިވެސް އީ ޕާސްޕޯޓު ނުލިބޭ ކަމަށާއި އެ ޕާސްޕޯޓު ލިބޭނެ ދުވަހެއް ވެސް އަދި ބުނަން ނޭނގޭ ކަމަށެވެ. އަދި ނުލިބި ލަސްވާ ސަބަބު ވެސް ބުނަން ނޭންގޭކަމަށް އިމިގްރޭޝަބުން ބުންޏެވެ. މި ދަނޑިވަޅުގައި ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރަމުން ދަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހެއްދުމަށް 1,000 ރުފިޔާގެ ފީއެއް ނަގާއިރު، މިހާރު ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ. މިއީ އަގުގެ ގޮތުން ހެޔޮ ބަދަލެއް ނަމަވެސް، އިލެކްޓްރޯނިކް ޕާސްޕޯޓު ނެތުމުގެ ސަބަބުން ބައެއް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ. ރާއްޖެއިން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު، އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. އިމިގްރޭޝަނުން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ސްޓޮކް ގެނެސް ޚިދުމަތް އާންމު ހާލަތަކަށް ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ