ގައްދޫ ކައިރިއަށް އެންދަމަން ފޭބި ޒުވާނަކު މަރުވެއްޖެ

ގދ. ގައްދޫ ކައިރިއަށް އެންދަމަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ. 
ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލުނު ކަމުގެ ރިޕޯޓު ފަތިހު 5:40 ހާއިރު ލިބިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަނިކޮށް ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށެވެ.  
އަދަދުއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ އެންދަމަން ފޭބުމަށްފަހު މައްޗަށް ނާރާ ގިނަ އިރުތަކެއްވެގެންނެވެ. 
އެ ޒުވާނާ ފުލުހުންގެ ލޯންޗެއްގައި ގައްދޫއަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ