މަސްވެރިއަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ

މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މަސްދޯންޏަކުން މަހަށް ނިކުތް މީހަކު ގެއްލިގެން އުޅޭ ކަމަށް ފަތިހު 05:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށާއި މިހާރު އެ މީހާ ގދ. ގައްދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ތަފްސީލު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އޭނާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. މީގެކުރިން ވެސް ކަނޑުމަތީގެ މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އަދި، މި ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ