ރައީސް މައުމޫން ހޮނިހިރުދުވަހު ރާއްޖެ އިން ބޭރަށް ފުރާ ވަޑައިގަންނަވަނީ

ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި މައުމޫންއާ ގުޅުން ހުރި ކަންތައްތަކެއް އޭސީސީން އަންނަނީ ތަހުގީގުކުރަމުން
ދަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަންނަ ހޮނިހިރުދުވަހު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އާއިލީ ބޭނުމެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާ ކަން މައުމޫން ވަނީ ސިޓީފުޅަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވައިފަ އެވެ.
އޭސީސީ އަށް ފޮނުއްވި ސިޓީފުޅުގައި މައުމޫން ވިދާޅުވީ، ރާއްޖެ އިން ބޭރުގައި އެމަނިކުފާނު ހޭދަކުރައްވާނީ ގާތްގަނޑަކަށް 10 ދުވަސް ކަމަށާއި ދަތުރުފުޅަށް ފަހު އެނބުރިވަޑައިގަތުމުން އެމަނިކުފާނުގެ ބަޔާން ނެގުމަށް ވެސް މައުމޫން ވަނީ އެދިވަޑައިފަ އެވެ.
އޭސީސީ އިން ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރަން މައުމޫންގެ އަރިހަށް ދާން އުޅުމުން އެމަނިކުފާނު ބޭނުންފުޅުވީ އަމިއްލަފުޅަށް އޭސީސީ އަށް ހާޒިރުވެވަޑައިގަތުމަށެވެ.
ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގަތީ ދާދި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ