ށ. ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެ އަނދާހުލިވުމާއި ގުޅިގެން އެރަށައް ވަގުތީގޮތުން ކަރަންޓް ދިނުމަށް ޖަނަރޭޓަރެއް ގެންގޮސް ކަރަންޓް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މީޑިއާއިން ބުނީ މިއަދު އިރުއޮއްސުމުގެ ކުރިން ބިލެއްފައްސަށް ޖަނަރޭޓަރަކާއި، ޕެނަލް ބޯޑެއް ގެންގޮސްފައިވާކަމަށެވެ.
ބިލެއްފައްސަން ޕެނަލް ބޯޑް ގެންގޮސްފައިވަނީ ހއ ފިއްލަދޫއިންކަމަށާ އަދި 120 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވަނީ ށ ފޭދޫންއިންކަމަށް ފެނަކައިން ބުނެއެވެ.
އަދި ކަރަންޓް ދިނުމަށްޓަކައި އިންޖީނު ބެހެއްޓުމަށް ވަގުތީގޮތުން ތަނެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަދި އަމާޒަކީ ވީހާވެސް އަވަހަށް ރަށައް ކަރަންޓްގެ ޚިދުމަތް ދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބިލެއްފަހި އިންޖީނުގެ ވަނީ ވަނީ އަނދާހުލިވެފައެވެ.
މި ހާދިސާ ހިންގަން މެދުވެރިވީ އިންޖީނުގެ ޓާބޯ ދޮންވެ އިންޖީނަށްދާ ތެޔޮ މައްޗަށް އެރުމާއި ގުޅިގެންކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ވީހާވެސް އަވަހަށް ބިލެއްފައްސަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ބިލެއްފައްސަށް ކަރަންޓް ދިނުމަށް ޖަނަރޭޓަރު ގެންގޮސް މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ