45 މެމްބަރުން ސޮއި ކުރެއްވިޔަސް މި އަދަދު އަދި އިތުރު ވާނެ - ގާސިމް

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ސޮއިކުރެއްވީ 45 މެމްބަރުން ތިއްބެވި ނަމަވެސް، ޖުމުލަ އަދަދަކީ އެ އަދަދެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ބާއްވާ ސިލްސިލާ ޖަލްސާތައް ފެށުމުގެ ގޮތުން މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަޔާތަށް ބަލާއިރު 42 އިން ފެށިއްޖެ ނަމަ އެކަމެއް ކާމިޔާބު ވާނެ ކަމަށެވެ.
"ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުށަހެޅި ލިސްޓްގައި ވެސް ސޮއިކުރެއްވީ 42 މެމްބަރުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން 42 މެމްބަރުންގެ ސޮއި ބޭނުންވޭ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާފައިވަނީ އެ މަނިކުފާނު އެ މަގާމަށް ހޮވިވަޑައިގެންނެވި ވޯޓަށް ވުރެ އެއް ވޯޓް އިތުރަށް ކަމަށެވެ.
ގާސިމް ވިދާޅުވީ، ދޮން ދަނގަޑުން ބިރު ދެއްކިޔަސް، ދެން ބިރު ނުގަންނާނެ ކަމަށާއި ޖަލަށް ވެސް ދެން ނުގެންދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ