ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ނޮވެމްބަރު ،3 1988ގައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ މަންމަޔާއި ބައްޕަ ހައްޖަށް ފޮނުވުމުގެ އިންތިޒާމް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާއިން ހަމަޖައްސަވައިފި އެވެ.
ގައުމުގެ ދިފާއުގައި ޝަހީދުވި ހުސައިން އާދަމްގެ މަންމަ އާއި ބައްޕަ ހައްޖަށް ފޮނުވުމުގައި މަސައްކަތްޕުޅު ކުރައްވާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު "ސަން" އަށް މިއަދު ވިދާޅުވީ އެ ދެމަފިރިން ހައްޖަށް ގެންދިއުމުގެ އެންމެހާ ކަންކަން ހަމަޖައްސައިދިނީ ކުރީގެ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޮއެއްްގެ ފިރިކަލުން އަދި ނަސަންދުރަ ޕެލަސް ހޮޓެލްގެ ވެރިޔާ މުހައްމަދު މަނިކެވެ.ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ އަށް ހައްޖަށް ދިއުމުގެ ކުރިން އެކަމާ ބެހޭ އެންމެހާ ލިޔެކިޔުންތައް ރައީސް މައުމޫން ހަވާލުކޮށްދެއްވަނީ --
ނިހާން ވިދާޅުވީ އެ ދެމަފިރިން ހައްޖަށް ގެންދިއުމުގެ ކަންތައްތައް ހަމަޖެހިގެން ދިޔައީ މިދިޔަ އަހަރު ކުޅުދުއްފުއްޓަށް އޭނާ ކުރެއްވި ޒިޔާރަތެއްގައި އެ ދެމަފިރިން ހައްޖަށްދާން ބޭނުންވާކަން އެނގިވަޑައިގެން އެކަން ރައީސް މައުމޫނަށް ދެންނެވުމާ ގުޅިގެން ކަމަށެވެ.
ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރުގެ ޝަހީދުވި ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ ހައްޖަށް ވަޑައިނުގެންނަވާ ކަން ކުރިން ރައީސް މައުމޫނަށް އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ބޭބޭ--
"ކުޅުދުއްފުއްޓަށް ދާ ކޮންމެ ދަތުރެއްގައި ވެސް ޝަހީދު ހުސެއިން އާދަމްގެ ޒިކުރާ އާކޮށްލުމަށް އަޅުގަނޑު އޭނާގެ މަންމަ އާއި ބައްޕައަށް ޒިޔާރަތްކޮށްކަން، އެގޮތުން މިދިޔަ އަހަރު އަޅުގަނޑު އެ ދެނމަފިރިންނަށް ކުރި ޒިޔާރަތެއްގައި ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހައްޖަށް ދާން ބޭނުންވާ ވާހަކަ ވިދާޅުވީ. އެހާ ހިސާބުން އެކަން ރައީސް މައުމޫނަށް އެނގިވަޑައިގެން އެ ދެމަފިރިން ހައްޖަށް ފޮނުމުގެ މަސައްކަތް ފެއްޓެވީ،" ނިހާން ވިދާޅުވި އެވެ.ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ އަށް ހައްޖަށް ދިއުމުގެ ކުރިން އެކަމާ ބެހޭ އެންމެހާ ލިޔެކިޔުންތައް ހަވާކުކުރުމަށް ރައީސް މައުމޫނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --
ޝަހީދު ހުސައިން އާދަމްގެ މަންމަ އާއި ބައްޕައާއެކު، އެހީތެރިއެއްގެ ގޮތުގައި ހައްޖަށްދާނެ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެ ދެމަފިރިންގެ ދަރިއެކެވެ. އެ ދެމަފިރިންގެ ދަރިފުޅު ހައްޖަށް ގެންދިއުުމުގެ ހަރަދު ހަމަޖައްސައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ.ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ބޭބޭ ރައީސް ޔާމީނާ އެކު --
ސިފައިންގެ ހިދުމަތުގައި އުޅެނިކޮށް، އުމުރުން 19 އަހަރުގައި ހުސައިން އާދަމް ޝަހީދުވީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ބަޔަކު ނޮވެންބަރު 3 1988ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި، ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށެވެ.
މައުމޫންގެ އާއިލާއިން ޝަހީދު ހުސައިން އާދަމްގެ މަންމަޔާއި ބައްޕަ ހައްޖަށް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ