ލެވަކޫސަންގެ މައްޗަށް ކުރި ހޯދާ ޕީއެސްޖީ ކުއާޓާފައިނަލަށް

1-2 ގެ ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ދެވަނަ ލެގުގެ މެޗް ބަޔާ ލެވަކޫސަންގެ މައްޗަށް ކުރި ހޯދާ ފްރާންސްގެ ޕީއެސްޖީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއިންެނެވެ.އެހެންކަމުން އެޓީމް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ 1-6 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ލެވަކޫސަންއިންނެވެ.މި ގޯލް މެޗުގެ 6 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސިޑްނީ ސޭމްއެވެ. ނަމަވެސް މެޗުގެ 13 ވަނަ މިނެޓްގައި ޕީއެސްޖީގެ މާކިއުނޯސް ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ދެވަނަ ފަހަރަށް މި މެޗުގައި ލީޑްނަގަން ލެވަކޫސަންއަށް ވަނީ ޕެނަލްޓީއެއް ލިބިގެންގޮސްފައެވެ. ނަމަވެސް ރޮލްފްސް ކުރިއަށް ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީން ލީޑް ނެގީ މެޗުގެ 53 ވަނަ މިނެޓްގައެވެ.ލޫކަސް ދިން ޕާހަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލަވެއްޒީއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ލޯރެންޓް ބްލޯންކް ބުނީ ރޭގެ މެޗުން ޕީއެސްޖީ މޮޅުވި ނަމަވެސް އެޓީމް ދެއްކި ކުޅުމާ މެދު އެހާ ހިތްހަމަނުޖެހޭ ކަމަށާއި އޭނާ އެ ކްލަބުގެ ފަރާތުން ޗެމްޕިއަންސް ލީގުގެ މެޗަކަށް ވީތީ އެއަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ