ސިވިލް ކޯޓުން މިއަދު ކުރި ހުކުމާއެކު މއ. ކުދިމަގޫގެ ނީލަމުގައި ވިއްކާލަން މޯލްޑިވްސް އިސްލާމިކް ބޭންކުން އިއުލާންކޮށްފި އެވެ.
ވީ ކިިހިނެއް؟ - މާވެޔޮ މަގުގައި ހުންނަ އަލީ ހުސައިން މިސްކިތް (މާވެޔޮ މިސްކިތް) ކައިރީގައި ހުންނަ ކުނދިމަގޫގެ ވިއްކާލުމަށް އެމްއައިބީން މިއަދު ހުޅުވާލި ސުންގަނޑި ހަމަވަނީ އަންނަ މަހު 3 ވަނަ ދުވަހުގެ މެންދުރު 1 އަކަށެވެ.
ތަފްސީލު - އެމްއައިބީން ބުނި ގޮތުގައި ކުދިމަގޫގެއަކީ، 830 އަކަ ފޫޓުގެ ބިމެކެވެ. ނީލަން ފެށުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ، 12.15 މިލިއަން ރުފިޔާ ކަމަށްވެސް އެ ބެންކުން ބުންޏެވެ.
"ނީލަމުގެ ސުންގަޑި ހަމަވާ ވަގުތާއި ހަމައަށް ނީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެ ވަގުތު އެތަނުގައި ތިބޭ ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި، ނީލަމުގެ އެންމެ މަތީ އަގު އިއުލާން ކުރެވޭނެ،" އެމްއައިބީން ބުންނެވެ.
އެމްއައިބީއިން ބުނީ:
ނީލަން ފަށާ އަގު އިއުލާން ކުރުމަށްފަހު، އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކަށް، ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް، މަދުވެގެން 5 ލައްކަ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް
މި ނީލަމުގައި ބައިވެރިވުމަށް 1 ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭ
މި ބިޑު ސެކުރިޓީގެ ނަމޫނާ މޯލްޑިވްސް އިސްލާމިކް ބޭންކް ވެބްސައިޓްއިން ލިބެންހުންނާނެ
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީގެ ނަންބަރު 3325555 އާ ގުޅުމަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް އެމްއައިބީން އެދިފައިވެ އެވެ.
އެމްއައިބީން މއ. ކުދިމަގޫގެ ނީލަމުގައި ވިއްކަލަނީ؛ ދަށް އަގަކީ، 12 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ