ހޯމް މިނިސްޓަރު އުމަރު ނަސީރު ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީ (އެމްބީއޭ) ހާސިލްކުރައްވައިފި އެވެ.
އުމަރު އެމްބީއޭ ހާސިލްކުރެއްވީ ޔޫކޭގެ ހަލް ޔުނިވާސިޓީންނެވެ. އެ ޔުނިވަސިޓީގެ ގުރެޖުއޭޝަން ބޭއްވީ އިއްޔެ އެވެ.
އެމްބީއޭ ފުރިހަމަކުރެއްވުމުގައި އެހީތެރިވި ހުރިހާ އެންމެންނަށް އުމަރު ވަނީ ޓުވިޓާ މެދުވެރިކޮށް، ޝުކުރު އަދާކުރައްވައިފަ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ގްރެޖުއޭޝަން ހަފުލާގައި: އޭނާ މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ޔޫކޭގައި ހުންނެވުމަށް ފަހު، ރަސްމީ ދަތުރުފުޅެއްގައި އުމަރު މާދަމާ ޗައިނާ އަށް ވަޑައިގަންނަވާނެ އެވެ. މިނިސްޓަރުގެ އެ ދަތުރުފުޅަކީ އަތޮޅުތަކަށް ގެންނަ ރާވާ ޕޮލިސް ސްޓޭޝަންތައް ބައްލަވާލައްވައި، އެކަމާ ގުޅުން ހުރި ކަންކަން ފައިނަލްކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އުމަރު ރާއްޖެ އިން ބޭރުގައި އުޅުއްވާތީ ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ އެވެ.
ހޯމް މިނިސްޓަރު އުމަރު މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ