2018 ގައި ހުންނާނީ ރައީސް ޔާމީން އާއި އެކީގައި – ރީކޯ މޫސަ

މި ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް ރައީސް އަބްދުﷲ ޔާމީން އަންނަ ރިޔާސީ އިންތިހާބަކަށް ވަޑައިގަންނަވާކަމަށް ވަނީނަމަ ހުންނާނީ ރައީސް ޔާމީންއާ އެކީގައިކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަމިހެން ވިދާޅުވީ، "ޕީޕީއެމްގެ ހޮވަމާ" ގެ ނަމުގައި ރޭ ސިނާއީ އަވަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީޕީއެމްގެ ޕޯޑިއަމެއް ކައިރީ ހުންނަވާ ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ރާްއްޖޭގައި ތަރައްގީ އެހާބާރަށް ކުރިއަށްގެންދަވާތީ ރައިސް އަބްދުﷲ ޔާމީންއަށް ޝުުކުރު ދަންނަވާކަމަށެވެ.
"މި ތަރައްގީ ކުރިއަށްގެންދިޔުމުގައި ރަށަކަށް އެންމެ ކުޑަވެގެން މަދިރިބޭސްކޮޅެެއް ޖާހަލަންވެސް ނިކުންނަންވީ ވަގުުތު "ނޫން" ތިމަންނަމެން މިތިބީ އިދިކޮޅު ކައުންސިލްގައޭ ނުދާނަމޭ، ވަރިހަމައޭ ކިތަންމެ ބަޔަކު މަރުވިޔަސް. އެއީތޯ އަޅުގަނޑުމެންގެ މި މުޖުތަމައު އޮންނަވާނެ ގޮތަކީ. އެކަމާ ބޮޑާހާކަން ރަނގަޅުވާނީ ރައްޔިތުންގެ މަޖިލީހުން" މޫސަ ވިދާޅުވިއެވެ.
މޫސާގެ ވާހަކަފުޅުގައި އޭނާ އެމްޑީޕީ އިން ހޮވުނު ނަމަވެސް، އަދި އެ ޕާޓީއަށް ކުރިން ތާއިދުކުރެއްވި ނަމަވެސް، ދުވަހަކުވެސް ހުޅުހެންވޭރު ދާއިރާގެ ތަރައްގީގެ މަޝްރޫއަކަށް ހުރަސް އަޅާފައިނުވާނެކަަމަށެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންގެ ފިކުރާ ހިޔާލު ތަފާތު ވިޔަސް، އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށްޓަކައި މަސައްކަތްކޮށްދޭން" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ރައީސް ޔާމީންގެ ތަރައްގީގެ މައްސަކަތްޕުޅާއި މެދު އެއްވެސް ބޭފުޅަކު ދެބަހެއް ނުވާނެކަމަށެވެ. އަދި ހަމައެކަނި އެކަމާއި ދެކޮޅަށް އުޅޭނަމަ އުޅޭނީ ވެރިކަމުގެ ދަހިވެެތިކަމުގަ އުޅޭމީހުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް ރައީސް ވަޑައިގަންނަވާ ކަމަށް ވަނީނަމަ 2018 ގައި ވެސް ރައީސް ޔާމީންއާ އެކީ ހުންނާނަން. މި ދަންނަވަނީ ވަރަށް ޔަގީން ކަމާއެކު،" މޫސާ ވިދާޅުވިއެވެ،
މޫސަގެ ވާހަކަފުޅުގައި މާލޭގެ ތަރައްގީއަށްޓަކައި ޕީޕީއެމްގެ ޓިކެޓްގައި ވަދަކުރައްވަމުންގެންދަވާ ކައުންސިލަރުންނަށް ވޯޓުދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ