މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި

ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލާޝިޕްތަކަކަށް ކުރިމަތިލުމަށް މައުމޫން ފައުންޑޭޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.
އެ ފައުންޑޭޝަނުން ބުނި ގޮތުގައި މި ފަހަރު ސްކޮލާޝިޕްތައް ލިބިފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުންނެވެ.
އެ ފައުންޑޭޝަނުން މި ފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ޖުމްލަ 10 ސްކޮލާޝިޕަކަށެވެ. އެއީ ބަޔޯޓެކްނޮލޮޖީގެ ދާއިރާ އިން ދެ ސްކޮލާޝިޕާއި ކޮމްޕިއުޓާ އެޕްލިކޭޝަންގެ ދާއިރާ އިން އެއް ސްކޮލާޝިޕާއި ޖާނަލިޒަމްގެ ދާއިރާ އިން ދެ ސްކޮލާޝިޕާއި ފިޒިއޮތެރަޕީގެ ދާއިރާ އިން އެއް ސްކޮލާޝިޕެވެ. އަދި ނާސިންގެ ދާއިރާ އިން ދެ ސްކޮލާޝިޕާއި ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާ އިން އެއް ސްކޮލާޝިޕްގެ އިތުރުން ޓުއަރިޒަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން އެއް ސްކޮލާޝިޕެވެ.
އެ ފައުންޑޭޝަނުން ހާމަކުރާ ގޮތުގައި އެ ސްކޮލާޝިޕްތަކަށް ފުރުސަތު ކުރިމަތިލުމުގެ ފުރުސަތުވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 00: 14 އާ ހަމަ އަށް ހުޅުވާލާފަ އެވެ.
އެ ފައުންޑޭޝަނުން ހާމަކުރާ ގޮތުގައި ކޯސްތަކަށް ކުދިން ހޮވާނީ އެކަމަށް ކުރިމަތިލާ ކުދިންނާ އިންޓަވިއުކޮށް އެކަމަށް އޮންނަ ހާއްސަ އެކަޑެމިކް ޕެނަލަކުންނެވެ.
އެ ސްކޮލާޝިޕް ލިބޭ ކުދިންނަށް ކިޔެވުމުގެ ހުރިހާ ހަރަދެއް އެ ކޮލެޖުން ހަމަޖައްސައިދޭނެ އެވެ. ނަމަވެސް ތިބުމާއި ދިރިއުޅުމުގެ ހަރަދުތައް ކުރަންޖެހެނީ އެ ކުއްޖަކު އަމިއްލައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ