ލިފްޓު މައްސަލައަކާ ހެދި ބައެއް ހިޔާ ޓަވަރުތަކުގެ ކަރަންޓު މަސައްކަތް މެދުކެނޑިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުގެ ބައެއް ޓަވަރުތަކުގެ ލިފްޓްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތަށް ހުއްޓުމެއް އައިސްފިއެވެ. ސްޓެލްކޯއިން ބުނި މިއަދު ކަރަންޓުލުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރު ތިނެއް އަދި ހަތަރަކަށެވެ. ނަމަވެސް މި ދެ ޓަވަރުގެ ލިފްޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުމުގެ މަސަައްކަތް ވަނީ މެދު ކަނޑާލެވިފައެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިވަގުތު ދަނީ ކޮންޓްރެކްޓަރަކު މެދުވެރިކޮށް އެމައްސަލައަށް ހަލެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އަދި އެ ޓަވަރުތަކުން ފްލެޓް ލިބުނު ފަރާތްތަކަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެކަމަށް ސްޓެލްކޯ އިން ބުނިއެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ސްޓެލްކޯ އިން ބުނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް 09:00 އިން 17:00 އަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ