މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ހިންގާ ޕްރޮޖެކްޓުގެ ދަށުން އެންމެފަހުން ތަރައްގީކުރި ބައިގެ މަސައްކަތްތައް ނިމި މިއަދު ހަވީރު ޓްރެފިކަށް ހުޅުވާލަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ގޮސް ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނިންމީ އެމްއެމްއޭ ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ސެގްމެންޓެވެ.
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
އެއަށްފަހު ތަރައްގީކުރަން ފެށީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް އޮތް ސަރަހައްދެވެ. މަޝްރޫއު ކުރިއަށްގެންދިޔައީ ފަޅުތެރެއިން ބައެއް ހިއްކައި މަގު ފުޅާކޮށްގެންނެވެ. މަގުގެ އަރިމަތީގައި ޖަހާފައިވަނީ ދިވެހި ރުކެވެ.
އަލުން މަގު ހުޅުވާލާއިރު މަގުމަތީ ޕާކުކުރުން މަނާވާނެ ކަމަށް ސަރުކާރުން އޮތީ ހާމަކޮށްފަ އެވެ. ޕާކުނުކުރެވޭ ގޮތަށް މަގު ހުޅުވާލާއިރު، ސަރުކާރުން ވަނީ ސައިކަލުތައް ޕާކުކުރަން ފަސް ނަމްބަރު ޖެޓީއާ ދިމާލުން ބޭރަށް އިތުރު ސަރަހައްދެއް ހިއްކާފަ އެވެ. އެ ތަނުގައި 500 ސައިކަލު ޕާކުކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ބޮޑުތަކުރުފާނު މަގުގެ އިތުރުން ސަރުކާރުން ވަނީ މާލޭގެ އެތެރޭގެ މަގުތައް ތަރަައްގީކުރުމުގެ މަޝްރޫއެއް ހިންގާނެ ކަމަށް ވެސް ބުނެފަ އެވެ. ޗައިނާގެ ހިލޭ އެހީގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ފަށަން ގިނަ ތާރީހުތަކެއް ދިނުމަށް ފަހު، ސަރުކާރުން މިހާރު ބުނަނީ އަންނަ އަހަރުގެ ކުރީކޮޅު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުތައް ނިމި، ޕާކިން މައްސަލަ ހައްލުކުރަން އިމާަރާތްކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިމުމުން މާލޭގެ ޓްރެފިކް މައްސަލަ އާއި ފެންވަރު ދަށް މަގުތަކުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ ފުޅާ ކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ