ޕާސްޕޯޓުގެ ހިދުމަތް ޒަމާނީކޮށް، އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އާ ހިދުމަތްތަކެއް

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތަށް އާ ބަދަލުތަކެއް ގެނެސްފިއެވެ.
މި ހިދުމަތްތައް ތައާރަފްކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އެ ގޮތުން އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާހައުލެއް ޤާއިމުކޮށް، އާންމު މައުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ވަނީ ހުޅުވާފަ އެވެ.
The Minister of Homeland Security, Labour and Technology, Hon. Ali Ihusaan, officially launched the upgraded Dhivehi Passport Services. The enhancements include dedicated assistance for elderly persons and individuals with special needs, an enhanced waiting area, and a… pic.twitter.com/gWWxxbMzt4— Maldives Immigration (@ImmigrationMV) July 23, 2026
މި ހިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކޮންޓްރޯލަރ އަހުމަދު ފަސީހު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ހިދުމަތްތައް މެދުނުކެނޑި ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އިމިގްރޭޝަންގެ އަމާޒަކީ މި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މި ހިދުމަތްތަކުގެ އިތުރުން އިމިގްރޭޝަން ހެޑް އޮފީހުގެ ތެރޭގައި ހުޅުވި "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ"ގެ ނަމުގައި މައުރަޒެއް ރޭގައި އިފްތިތާހުކޮށްފައިވެއެވެ.
މި މައުރަޒު ވެސް އިފްތިތާހުކޮށްދީފައި ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މި މައުރަޒަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތަކާއި، މުއްސަނދި ތާރީހު ރައްކާތެރިކޮށް ދައްކުވައިދިނުމަށް ޤާއިމުކުރި ތަނެކެވެ. މި މައުރަޒުގައި 1950އިން ފެށިގެން 2020ގެ އަހަރުތަކާ ހަމައަށް މޯލްޑިވްސް އިމިގްރޭޝަންގެ ތާރީޚު ތަރުތީބުން ފެންނަން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ