މިއަދު ކަރަންޓު ދެނީ ހިޔާ ޓަވަރު 13 އަދި 14 އަށް

ހިޔާ ޓަވަރު ތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން، މިއަދު ކަރަންޓު ދޭނީ ޓަވަރު 13 އަދި 14 އަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ފްލެޓް ލިބިފައިވާ ފަރާތްތައް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް އަކުން އަންގާނެ ކަމަށެވެ. އަދި އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕްއާއެކު ގަޑިއަށް ހާޒިރު ވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ